Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެތެރެކުރާ ގަސްތަކުގެ ރާއްކާތެރިކަމާ ބެހޭ ޕްރޮގްރާމެއް

ރާއްޖެ އަށް އެތެރެކޮށް ބޭރުކުރާ ގަހާއި ގަހުގެ އުފެއްދުންތަކު ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގައުމީ ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ތަމްރީނު ކުރިއަށް ދާނީއަންނަ ބުދަ ދުވަހާ ހަމައަށެވެ. ޕްރޮގްރާމް ކުރިއަށް ގެންދަނީ މީރުމާގަ އެވެ.

މި ތަމްރީނު ޕްރޮގްރާމުގެ އަމާޒަކީ ރައްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން ބޭރު ކުރެވޭ ގަސްގަހާއި ގެހީގެ ބާވައްތައް ބެލެހެއްޓުމުގެ ނިޒާމު އިދާރީ ގޮތުން ހަރުދަނާ ކުރުމެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމްމްގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ ޤަބިލިއްޔަތުކަން އިތުރުކުރުމަށް އިސްކަމެއް ދެވިގެން މައުލޫމާތު ދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާޢްޖޭގައި ބޯޑަރުގައި ހަރަކާތްތެރިވާ އިދާރާތަކުގައި މެދުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، އެކި ހާލަތްތަކަށް އިޖާބަ ދިނުމުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށެވެ.

މި ޕްރޮގްރާމް ތެރެއިން އުނގަނައި ދެވޭ ކަންކަމަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ޢަމަލު ކުރަމުން އަންނަ އުސޫލުތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި ޕެސްޓް ރިސްކް އެސެސްމެންޓާއި، ބަލިތައް ފެތުރޭ މިންވަރު ދެނެގަތުމާއި، ހެލްތު ސެޓިފިކޭޝަން ނިޒާމަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ހިމެނެ އެވެ.