މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކު ޑައިރެކްޓަރު އެޓްލީ މިހާރު ހަދަމުން އަންނަ ފިލްމުގެ ރޯލެއް މަޝްހޫރު ބަތަލާ ކާޖޮލް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެ ފިލްމުގެ ވަރަށް މުހިއްމު ރޯލެއް ކުޅެދޭން ކާޖޮލް އަަށް ހުށަހަޅައި، މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ފިލްމުގެ ޓީމުން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖުލައިގައި ޖިއޯ ހޮޓްސްޓާ އިން ގެނެސްދިން އެކްޝަން ޑްރާމާ 'ސަރްޒަމީން' އެވެ. މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'މަހާރާގްނީ: ކްއީން އޮފް ކްއީންސް' ހިމެނެ އެވެ.
މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ އެޓްލީގެ އާ ފިލްމުން ކާޖޮލް ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، އައްލޫއާ އެކު އެ ފިލްމުގެ ލީޑް ބަތަލާގެ ރޯލު ކުޅެނީ ދީޕިކާ ޕަދްކޯނެވެ. ނަން ރަސްމީކޮށް އަދިވެސް ނަން އިއުލާން ނުކުރާ މި ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި މުރްނާލް ތާކޫރް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެހާސް ތޭވީހުގައި ޝާހްރުކް ޚާންގެ 'ޖަވާން' ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން ދެ ބަޔަކަށް ހަދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ފުރަތަމަ ބައި އަންނަ އަހަރު ގެނެސްދިނުމަށް ފަހު، ދެވަނަ ބައި ރިލީޒްކުރާނީ 2028 ގަ އެވެ.