Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އޭއީއެޗްގެ ކެތު ލެބްގެ ހިދުމަތް ބުދަ ދުވަހު ފަށަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކޮށްފައިވާ ކެތު ލެބްގެ ހިދުމަތް އަންނަ ބުދަ ދުވަހު ފަށަން ނިންމައިފި އެވެ.

އެ ކެތު ލެބް ހިންގަން ނިންމާފައި ވަނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާ ހަވާލުކޮށްގެންނެވެ.

އޭއީއެޗްގައި ކެތު ލެބް ގާއިމުކުރީ 2023 ގެ ފަހުކޮޅު އެވެ.

އަދި ކެތު ލެބް ހިންގާނެ ބަޔަކު ހޯދަން މިދިޔަ އަހަރުހެ ޖޫންގައި އިއުލާންކުރި އެވެ. އޭރު ބުނެފައި ވަނީ އަމާޒަކީ ހަތަރު މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފެށުން ކަމަށެވެ.

އޭއީއެޗުން ބުނީ ކެތުގެ ލެބްގެ ހިދުމަތް އަންނަ ބުދަ ދުވަހު ފަށަން ތައްޔާރުވެފައިވާ އިރު، މީގެ ސަބަބުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.