Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

ފެރީއެއް ބަންޑުން ޖަހާލައި 15 މީހަކު މަރުވެއްޖެ

އަޑިއަށް ދިޔަ ފެރީން ސަލާމަތްވި ބައެއް މީހުން ކޯސްޓްގާޑަށް ނަގާފައި.

މީހުންނާއި މުދާ އުފުލާ ފެރީއެއް ބަންޑުން ޖަހާލައި އަޑިއަށް ދިއުމާ ގުޅިގެން ފިލިޕީންސް އިން 15 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ހާދިސާ މިއަދު ހިނގީ އެމްވީ ޓްރިޝާ ކާސްޓިން 3 ނަމަކަށް ކިޔާ ފެރީ 350 އަށް ވުރެ ގިނަ މީހުންނާ އެކު މިންޑަނާއޯ އިން ޖޯލޯ އައިލޭންޑަށް ދަތުރު ކުރަނިކޮށެވެ. ފެރީ ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި 316 މީހަކު ސަލާމަތްކޮށްފައިވާ އިރު، 28 މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު އެ ހާދިސާގެ ތަހުގީގު ކުރަން ފަށާފައި އިރު، ފެރީ ބަންޑުންވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް ފިލިޕީންސްގެ ކޯސްޓްގާޑްގެ ތަރުޖަމާނު ނުއެމީ ކަޔަބިއަބް ވިދާޅުވީ ފެރީ ބަންޑުން ޖަހާލީ ކަނޑުގަދަވުމުގެ ސަބަބުން ކަމަަށް ބެލެވޭ ކަމަށެވެ.