ރާއްޖޭގައި މިހާރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން މިއަދު ހަދިޔާކުރުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި ކޭމްޕްގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ލޭ ހަދިޔާ ކުރާނެ ކަމަށެވެ. މިއީ އެޗްޑީސީ އާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕުގެ އެންމެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެޗްޑީސީގެ ސްޓާފުންގެ ފަރާތުން އެހީތެރިވެ ދިނުމެވެ.