Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ގައުމުތަކުގެ ވެރިން ކަލަ ގޮވުމަކީ ވަރަށް ދެރަ ކަމެއް

ގައުމުތަކުގެ ވެރިން ކަލަ ގޮވުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު އިއްޔެ ވިދާޅުވީ "ކަލަ ގޮވުމަކީ ވަރަށް ވިޔާނުދާ ކަމެއް" ކަމަށާއި "އަމުދުން ޤައުމުތަކުގެ ވެރިން އެކަން ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް" ކަމަށެވެ.

ނަމަވެސް މައުމޫން އެފަދަ ޕޯސްޓެއް ކުރެއްވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އެ މަނިކުފާނުގެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފައިވެ އެވެ.

މައުމޫނަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސެވެ. އެގޮތުން 30 އަހަރު ވެރިކަން ކުރެއްވި އެވެ.