ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ ގެ ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް (ޑާލާ ލޯންޗްކޮށްފި އެވެ.
މި ޕޯޓަލް އަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކްރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލައިޒްކޮށް ލޯންޗްކުރި އެއްކެވެ.
އެ ލޯންޗްކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
އޭނަ ވިދާޅުވީ ޑާލާ ޕޯޓަލްއަކީ މި ސަރުކާތުގެ މޯލްޑިވްސް 2.0 ރަމްޒުކޮށްދޭ ޕޯޓަލްއެއް ކަމަށެވެ. އެގޮތުން ތަޞައްވުރުގެ ދަށުން މުއައްސަސާތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޢާންމު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިއްމުކަބް ބޮޑު ކަމަށް ވިދާޅުވި އެވެ.
"މި ޕްލެޓްފޯމް މެދުވެރިކޮށް ކާރިސާތަކުގެ ސަބަބުން ރަށްރަށާއި މުޖުތަމައުތަކާއި އެކި ދާއިރާތަކަށް ކާރިސާތަކުން ކުރާ އަސަރުތައް ވަރަށް ސާފުކޮށް ދެނެގަނެވޭނެ،" އޭނަ ވިދާޅުވި އެވެ. "ސަރުކާރުގެ އިދާރާތަކަށް ޓާގެޓެޑް ރެސްޕޮންސް ސްޓްރެޓެޖީތައް އެކުލަވާލުމާއި، އިންވެސްޓްމަންޓްތަކަށް އިސްކަން ދިނުމާއި، ރިކަވަރީ އެކްޝަންތައް ރޭވުމަށްވެސް މަގު ފަހިވެގެންދޭ."
އިހްސާން ވިދާޅުވީ ކާރިސާތައް ރިޕޯޓް ކުރުމާއި އެސެސްމަންޓްތައް ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން، ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާ ސިޔާސަތުތައް ނިންމުމާއި، ޖަވާބުދާރީ ކުރުވުމާއި، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް ޓެކްނޮލޮޖީގެ އެހީގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ޑާލާ ޕޯޓަލް އިން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން ޑާލާ" ޕޯޓަލް އަކީ ކާރިސާތަކުގައި ލިބޭ ގެއްލުންތައް ރިފޯޓުކުރުން ޑިޖިޓަލްކޮށް، ކާރިސާތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ގައުމީ ޑިޖިޓަލް ޕްލެޓްފޯމެއްކަން ފާހަގަކުރެއްވި އެވެ.
އޭނަ ވިދާޅުވީ އެލާ ޕޯޓަލް އިފްތިތާހުކުރުމަކީ ގައުމީ ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި އަވަސް، އަދި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ ސަބަބުން، މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކާރިސާތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓް ކުރެވޭނެ އެވެ. އަދި ލިބުނު ގެއްލުންތަކުގެ ހިސާބުތައް އޮޓޮމެޓިކުން ތައްޔާރު ކުރުމާއި ގެއްލުން ވަޒަންކުރުމުގެ ސައްހަކަން އިތުރުވެ އަވަސްވެގެންދާނެ އެވެ.
މި މަސައްކަތަކީ އެންޑީއެމްއޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް 2.0ގެ ގައުމީ ޑިޖިޓަލައިޒޭޝަން ލަނޑުދަނޑިތަކާ އެއްގޮތް، އަދި 'ސެންޑާއީ ފްރޭމްވޯކް ފޯ ޑިޒާސްޓަ ރިސްކް ރިޑަކްޝަން' އާއި 'އާލީ ވޯނިންގްސް ފޯ އޯލް' އިސްނެގުމުގެ ދަށުން ވެފައިވާ ބައިނަލްއަގުވާމީ އިލްތިޒާމުތަކަށް ބާރުދޭ މުހިއްމު މަސައްކަތެއް ކަމަށް އެ އިދާރާ އިން ބުންޏެވެ.
ޑާލާ ޕޯޓަލް ފަރުމާކުރީ ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކާއި ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާ އެކީގަ އެވެ.