ރާއްޖޭގައި ލޭ ހޯދުމަށް ދަތިވެފައިވާތީ އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ނާޒިމާ ސުވާލު ކުރުމަށް އޭނަ ހުށަހެޅުއްވީ ލޭ ދޭ މީހުންނާއި އެ މީހުންގެ ލޭގެ ގްރޫޕް ހިމެނޭ ގޮތަށް ތަފްސީލު ދަފްތަރެއް އަދިވެސް އެކުލަވާލެވިފައި ނުވަނީ ކީއްވެގެންތޯ ސާފުކުރުމަށާއި ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދިފައި ނުވަނީ ކީއްވެގެންތޯ ސާފުކުރުމުގެ ގޮތުންނެވެ.
މި މަހުގެ 22 ގައި ގައި ބްލަޑް ސާވިސްއިން ވަނީ ހަ ގްރޫޕެއްގެ ލޭ މަދުވެގެން ލޭ ހަދިޔާ ކުރުމަށް އާންމުންގެ ކިބައިއިން އެދިފަ އެވެ.