ފުވައްމުލަކުގައި ކުޑަކުދިންތަކެއް ދުއްވި ސައިކަލެއް އެކްސިޑެންޓްވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 18 އަހަރުން ދަށުގެ ދެ ކުއްޖަކު ދުއްވި ސައިކަލް، އެހެން ސައިކަލެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:30 އެހާކަށް އިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ދެ ކުދިންނަށް އަނިޔާވެ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވެ އެވެ. އަދި އަނެއް ސައިކަލްގައި އިން މީހާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.
ސޯޝަލް މީޑިއާގައި އެ އެކްސިޑެންޓްގެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އާންމުކޮށްފައިވެ އެވެ.
އޭގައި ފެންނަނީ ދެ ކުދިން ދުއްވާފައި ދިޔަ ސައިކަލް ގޯޅިއަކުން ނުކުންނަތާ ކުރިމަތިން އެހެން ސައިކަލްތަކެއް އަންނާތީ ތަންދޭ މަޑުކޮށްލައިގެން ތިއްބާ ބާރު ސްޕީޑްގައި ކަނާތް ފަޅިން އަންނަ އަންނަ ސައިކަލެއް ކޮންޓްރޯލް ނުވެ، ކުދިން ތިބި ސައިކަލްގައި ޖެހި، އެ ސައިކަލްގައި އިން މީހާ ވިއްސައިގެންދާ ތަނެވެ.
ވީޑިިއޯ އިން ދެ ކުދިން ވެސް ވެއްޓޭ ތަން ފެނެ އެވެ.