މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އަނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން، 279،000، އަށް ވުރެ ގިނަ ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވާ މީހުންނަކީ:
* ލ. އިސްދޫ، ގުޑްލައިފް، މުޙައްމަދު ޙަސަން، 59،
* އައްޑޫ ހިތަދޫ، އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ، 26،
* އައްޑޫ ހިތަދޫ، ނަންރީތިގެ، ޢަލީ ޝިރާޒު، 38،
* ހދ. ވައިކަރަދޫ، ޕެރިމްރޯޒް، ޢަބްދުﷲ ނާފިޒް، 39
* ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުޙައްމަދު ޢަލީ، 42،
* މ. މާލޭގެއާގެ، މާލެ، މުޙައްމަދު ނުހާދު ޢަލީ، 30،
* ހއ. ކެލާ، ޕެނަމާ، މުޙައްމަދު ސިމާދު، 38،
* ގދ. ފިޔޯރީ، ހީނާމާގެ، އަލީ އިމްރާން، 38،
* ތިނަދޫ ސިޓީ، ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް، 19
* ކ. ހިންމަފުށި، މެޑޯޒް، މުޙައްމަދު އިބްރާހީމް، 49،
ފުލުހުން ބުނީ މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާ އިރު، ތިން މީހަކު ހައްޔަރުކުރީ އައްޑޫބް ކަމަށެވެ. ދެން ތިބި މީހުން ހައްޔަރުކުރީ މާލެއިންނެވެ.
މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންނެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވެއެވެ. އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމުން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 279،600 އަށްވު ރެ ގިނަ ފައިސާ ނެގި މައްސަލައިގައި އެ މީހުން ހައްޔަރުކުރީ މިކަމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން މ މަހުގެ 21 ގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ގޭންގު ކްރައިމާއި ހިންމަފުށި ޕޮލިހާއި ހިތަދޫ ޕޮލިސް ބައިވެރިވި އެވެ.
މި 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒި ރުކުރުމުން މުޙައްމަދު އިބްރާހީމް ފަސް ދުވަހަށް، މުޙައްމަދު ޢަލީ އާއި މުޙައްމަދު ޙަސަން ހަތް ދުވަހަށް، ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.