Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ފޭދޫން ވެލި ނަގައި ވިއްކާ މައްސަލަ ބޮޑުވެއްޖެ

އައްޑޫ ފޭދޫގެ ދިގިހެރަ ދިމާލު ހޭޅިފަށުން ވެލި ނަގައި ވިއްކާ މައްސަލަ ބޮޑުވެފައިވާތީ އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކައުންސިލުން ދީފި އެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެގޮތަށް ވެލި ނަގުމަކީ ގަވައިދާ ހިލާފު އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ނުހަނު ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ. ނަމަވެސް ވެލި ނަގާ މައްސަލައިގައި އެކަން ނުކުރަން ތަކުރާރުކޮށް އެންގި ނަމަވެސް އަދިވެސް އެ ސަރަޙައްދުތަކުން ވެލި ނަގައި އޭގެ ވިޔަފާރި ކުރަމުންދާކަން ފާހަވެފައިވާ ކަމަށް ބުންޏެވެ.

އަދި މިކަމުގެ ޝަކުވާތައް ވެސް ރައްޔިތުންގެ ފަރާތުން ލިބެމިން އަންނަ ކަމަށް ބުންޏެވެ.

އެހެންވެ ޤާނޫނާއި ޤަވައިދާއި، އުސޫލާއި ހިލާފަށް އެފަދަ އަމަލު ކުރާ ފަރާތްތަކުން އެކަން ހުއްޓާލަން އިލްތިމާސްކޮށްފައިވެ އެވެ އަދި، މިކަން ތަކުރާރު ކުރާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި ޤާނޫނާއި ޤަވައިދާއި، އުސޫލާއި ހިލާފަށް ވިއްކާ ވެލި ގަންނަ ފަރާތްތަކުން ވެލި ނުގަތުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކުރިން ވަކި ފަޅުރަށެއްގެ ގޮތުގައި އޮތް ދިގިހެރަ އަކީ މިހާރު ފޭދޫގެ ބައެކެވެ. އެ ރަށް ފޭދުއާ ގުޅުވީ 2016 އެ އަވަށުގެ ބިން ހިއްކަން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިންނެވެ.