Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސްގެ ތައުޒިޔާ ފިލިޕީންސަށް

ފިލިޕީންސްގެ ދެކުނު ބެސިލާންގައި ފެރީއެއް ބަންޑުންޖަހާލި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ފާޑިނަންޑް ރޮމުލްޑޭޒް މާކޯސް ޖޭ، އާރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލުނު މި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވާފައިވެ އެވެ.

މި މެސެޖުގައި ފިލިޕީންސްގެ ރައީސަށާއި އެޤައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ.

އަދި މި ހާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލިފައިވާ މީހުން ހޯދުމަށް، ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށްވެސް، އެދިވަޑައިގެންފައިވެ އެވެ.