Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރު ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

މި ދިރާސީ އާ އަހަރާ އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ ޝަހީދު އަލީގެ ނަމުގައި އާ ސްކޫލެއް ވެސް ހުޅުވައިފަ އެވެ.

ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އަދަދަކީ 9،952 އެވެ. އޭގެ ތެރެއިން 8،000 އަށް ވުރެ ގިނަ ޓީޗަރުންނެވެ. ދިވެހި ޓީޗަރުންނެވެ. ދިވެހި މުދައްރިސުން ހިމެނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވެ އެވެ. އަދި މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވެ އެވެ.

މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 18 ގައި ރޯދަ މަސް ފެށޭ އިރު، އެ މަހު ސްކޫލްތަކުގައި ކިޔަވައި ދޭނީ ފުރަތަމަ ހަފުތާގައި އެކަންޏެވެ. އަދި ފިޠުރު އީދު ބަންދަށް ފަހު އަލުން ކިޔެވުން ފަށާނީ މާޗް 23 ގަ އެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމަށް ފަހު ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 14 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 1 އާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުން 18 ގަ އެވެ.

އަދި އަންނަ އަހަރު ދިރާސީ އަހަރު ފަށާނީ ޖެނުއަރީ 12 ގަ އެވެ.