Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭ ޖެންޑަ އެކްޝަން ޕްލޭނެއް

ރާއްޖޭގައި އަލަށް "ކްލައިމެޓް ޗޭންޖް ޖެންޑާ އެކްޝަން ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެކަމަށް ހާއްސަކޮށްގެން އިއްޔެ މީރުމާގައި ވަނީ ފެށުމަށްޓަކައި އިންސެޕްޝަން ވޯކްޝޮޕެއް ވެސް ބާއްވައިފަ އެވެ. މިއީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި

އެ ވޯކްޝޮޕް ފައްޓަވައި ދެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހެވެ.

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގެ ޑިރެކްޓާ ތިބްޔާން އިބްރާހީމް ވިދާޅުވީ އަލަށް އެކުލަވައިލާ އެކްޝަން ޕްލޭނަކީ މޫސުމީ ބަދަލުތަކަށް އިންތިޒާމުވެގެން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ޖެންޑަ ނުވަތަ މިންތީގެ ހަމަހަމަކަން ނިޒާމީ ގޮތެއްގައި ހިމެނުމަށް މަގުފަހިވެގެން ދާނެ މުހިންމު އޮނިގަނޑެއް ކަމަށެވެ.

ވޯކްޝޮޕްގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި މަދަނީ ޖަމިއްޔާތަކުން ޖުމްލަ 32 މީހަކު ބައިވެރިވިއެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މޫސުމީ ބަދަލުތަކާ ބެހޭ ޚާއްޞަ މަންދޫބުގެ އޮފީހާއި، އެކި މިނިސްޓްރީތަކާއި، އދ. ގެ އިދާރާތައް ކަމަށްވާ ޔޫއެންޑީޕީ އަދި ޔުނިސެފް ހިމެނެ އެވެ.

ވޯކްޝޮޕްގެ ބައިވެރިން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ކުރާ ތަފާތު އަސަރުތަކާއި، މިހާރު ހުރި ސިޔާސަތުތަކުގައި ހުރި ހުސްތަންތަން ދެނެގަތުމަށް މަޝްވަރާކޮށްފަ އެވެ. އަދި މި ޕްލޭންގެ ދަށުން އިސްކަން ދޭނެ ދާއިރާތަކާއި ކުރާނެ ކަންކަން ކަނޑައެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.