ފޭސްބުކްގެ އިތުރުން ވެސް މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް ހިންގަމުން އަންނަ މެޓަ އިން އެ ކުންފުނީގެ ޕްލެޓްފޯމްތަކަށް ޕްރީމިއަމް ސަބްސްކްރިޕްޝަން ތައާރަފު ކުރަން ނިންމައި، އޭގެ ޓްރަޔަލްތަކެއް ފަށަން ކުރިއަށް ގެންދަން ތައްޔާރުވާން ފަަށައިފި އެވެ.
މެޓަ އިން ބުނީ ޓެސްޓިން މަރުހަލާ ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.
ޕްލެޓްފޯމްތައް ބޭނުން ކުރުމުގައި މި ގެންނަ ބަދަލާ އެކު ޕްލެޓްފޯމްތަކުގެ ހާއްސަ ފީޗާތައް ބޭނުން ކުރެވޭނީ ފީއެެއް ދައްކައިގެންނެވެ. ނަމަވެސް ފީތަކާ ބެހޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މެޓައިން ބުނި ގޮތުގައި ޕްރީމިއަމް ސަބްސްކްރިޕްޝަން ތައާރަފު ކުރަން ނިންމާފައިވާ ފްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓްގްރާމާއި ވަޓްސްއެޕް ހިމެނެ އެވެ. އެގޮތުން މި ޕްލެޓްފޯމްތަކުގެ ޕްރީމިއަމް ސަބްސްކްރިޕްޝާ އެކު އާންމުކޮށް، ޕްލެޓްފޯމްތަކުގައި ލިބެން ނެތް ޓެކްނޮލޮޖީގެ އާ ފީޗާތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް އޭއައި) އާ ގުޅޭ މުހިއްމު އިތުރު ފީޗާތަކެއް ހިމެނޭނެ އެވެ.
މެޓަ އިން ވަނީ އޭއައިއޭގެ ހާއްސަ ފީޗާއެއްގެ ގޮތުގައި ވައިބްސް ތައާރަފު ކުރަން އުޅޭކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިިއުލާން ވެސް ކޮށްފަ އެވެ.
މެޓައިން ބުނީ އެ ކުންފުނީގެ ބައެއް ޕްލެޓްފޯމްތަކަށް ޕްރީމިއަމް ސަބްސްކްރިޕްޝަން ތައާރަފުކުރި ނަމަވެސް، މިހާރު ވެސް ޕްލެޓްފޯމްތަކުން ލިބޭ މައިގަނޑު ހިދުމަތްތައް ހިލޭ ލިބެމުންދާ ކަމަށެވެ.