Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނަނީ

އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމަނަން ނިންމައިފި އެވެ.

އެކަން އިއުލާން ކުރެއްވި މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދެއްވި ޚިޠާބުގައެވެ.

އޭނަ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވައި، ޤުރުއާނުގެ ޢިލްމަށް ދަރިވަރުން ޝައުޤުވެރި ކުރުވުމުގެ މަޤްޞަދުގައި، ޤައުމީ ފެންވަރުގައި ބާއްވާ، އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މި އަހަރު ޕައިލެޓް ކުރެވޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނައި ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެސްއެސްސީ އިމްތިހާނުގައި މިހާރު ހިމެނެނީ އިސްލާމާއި ދިވެހި މާއްދާ އެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް ދަރިވަރުން ވެސް ހަދަން ޖެހޭ އިމްތިހާނެކެވެ.