ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކީގައި ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ އިއްޔެ ފާހަގަކުރި އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ. އެގޮތުން ދިވެހި ބަހުން މޯދީ ކުރެއްވި ޕޯސްޓްގައި ރައީސަށް ޝުކުރު ދަންނަވައި، ރައީސް މުއިއްޒު އަރިސް ކުރެއްވި ހޫނު ތަޙުނިޔާ އާއި ހެޔޮއެދުން އިޙްތިރާމާ އެކު ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
ޝުކުރިއްޔާ، ރައީސް މުޢިއްޒު.
އިންޑިއާގެ 77 ވަނަ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސަކުރެއްވި ހޫނު ތަޙުނިޔާއާއި ހެޔޮއެދުން އިޙްތިރާމާއިއެކު ބަލައިގަންނަން.ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް… https://t.co/Tzd0LhBHb6
— Narendra Modi (@narendramodi) January 27, 2026
"ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށް ގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއް ކަމުގައި އެދެން." މޯދީ ވިދާޅުވި އެވެ.
ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމު ކަމަށް އިންޑިއާ އަކީ އަބަދު ވެސް އެކި ދާއިރާތަކުން ރާއްޖެ އަށް ވަރަށް ބޮޑަށް އެހީވަމުން އަންނަ ގައުމެކެވެ.