މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ރުކުމާ މުހައްމަދު އަބްދުލްކަރީމް މަގާމުން ވަކިކޮށްފި އެވެ.
އޭނަ އެ މަހގާމަސް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި 1 ގަ އެވެ.
މި ސަރުކާރުގައި ރުކުމާ ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމުގަ އެވެ. އޭނަ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކުރީ އެ މަގާމުގައި ހުންނަވަނިކޮށެވެ
ނަމަވެސް ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ސަބަބެއް ނޭނގެ އެވެ. އޭނަ އަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ވެސް ތަމްސީލު ކުރެއްވި ބޭފުޅެކެވެ. ރުކުމާ އެމްޑީޕީން ވަކިވެވަޑައިގަތީ ފެބްރުއަރީ 26، 2019 ގަ އެވެ.
އޭގެ ފަހުން އޭނަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރީގެ ޕީޕީއެމަށް ސޮއިކުރެއްވި އެވެ.