Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމެއް ހުޅުދޫގައި

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޕްރޮގްރާމެއް ހުޅުދޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހުޅުދޫ އަވަށު އޮފީހުން ބުނީ މިއީ އެތަނުން ކުރިއަށް ގެންދަން ނިންމާފައިވާ "ދަންމަރު" ޕްރޮގްރާމްގެ ދަށުން "ކީރިތި ޤުރުއާން ޚަތިމް ކުރަމާ" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 7-16 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުން ކަމަށް ހުޅުދޫ އަވަށު އޮފީހުންނ ބުންޏެވެ.

އެހެންވެ އޭގައ ބައިވެރިވާން ބޭނުންވާ ހުޅުދޫގެ އިތުރުން މީދޫދެ ދެ ޖިންސުގެ ކުދިންނަށް ވަނީ ނަން ނޯޓް ކުރުމުގެ ފުރުސަތ ހުޅުވާލައިފަ އެވެ. ބަލައިގެން ޚަތިމުން ކިޔަވަން އެނގޭ ކުދިންނަށް މީގައި ބައިވެރިވެވޭނެ އވެ.

ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ. ނަން ނޯޓް ކުރާނީ ހުޅުދޫ އަވަށު އޮފީހުގެ ވައިބާ ނަންބަރު 7789046 މެދުވެރިކޮށެވެ.