Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

ދެ ލޯބިވެރިންގެ އާ ފިލްމު ސެޕްޓެމްބަރުގައި

އަންނަ މަހު ކައިވެނި ކުރާނެ ކަމަށް އަޑު އަރާފައިވާ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ އެކީގައި ފެންނާނެ ތިން ވަނަ ފިލްމު "ރާނާބާލީ" މި އަހަރުގެ ސެޕްބަމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.

ސެޕްޓެމްބަރު 11 އަށް ފިލްމު ތާވަލުކޮށް މިއަދު ވަނީ އޭގައި ވިޖޭ ފެންނާގެ ގޮތުގެ ޓީޒާއަކާއި ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.

މި ޕީރިއަޑް ފިލްމުގެ ޑައިރެކްޓަރަކީ ރާހުލް ސަންކްރިތިއާން އެވެ. އޭނަ އަކީ 2021 ގައި ރިލީޒްކޮށް ބޮޑު މަގުބޫލު ކަމެއް ހޯދި ޕީރިއަޑް ފިލްމު "ޝާމް ސިންގާ ރޯއި" ގެ ވެސް ޑައިރެކްޓަރެވެ.

ތިން ވަނަ ފިލްމަކުން އެކީގައި ވިޖޭ އާއި ރަޝްމިކާ ބޮޑު ސްކްރީނަށް އަންނަ އިރު، މި ދެ ތަރިން އެކީގައި ކުރިން ކުޅުނު ފިލްމުތަކަކީ 2018 ގެ "ގީތާ ގޯވިންދަމް" އާއި 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިޖޭ އާއި ރަޝްމިކާ އަންނަ މަހުގެ ތެރޭގައި ކައިވެނި ކުރާނެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ މީހުން އެންގޭޖްވެފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.