މާލޭގައި ބިދޭސީންތަކެއް އުޅޭ އެޕާޓްމަންޓެއްގައި މިއަދު ރޯވެ، ގެއްލުންތަކެއްވެއްޖެ އެވެ.
އެމްއެންޑީއެފުިން ބުނީ ރޯވީ މ. މަލީޝާގެ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް މިއަދު މެންދުރު ފަޖު 2:54 ހާއިރު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އަށް ލިބުމާ އެކު، މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން، ރޯވި އަލިފާން އެއްކޮށް ނިއްވައި ލެވުނީ 3:24 ހާއިރު އެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ނެޝަނަަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޯވީ ހާދިސާއާ ގުޅިގެން ރޯވި ތަނުގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.