ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ މީހުންނާ ގުޅޭ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ އިރު މަދުވެގެން 3-5 ދުވަހުގެ މުއްދަތެއް ލިބޭނެ ގޮތަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު އެދިއްޖެ އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ނުލިބޭ ގޮތަށް ވަގުތު ކުޑަކޮށް ހުށަހަޅާ ރެކޯޑުތައް ނުނިމިދާނެކަމުގެ ފުރުޞަތު އޮތްކަން ހަނދާންކޮށް ދޭ ކަމަށެވެ.
ޑީޖޭއޭ އިން މިގޮަތަށް ބުނީ އިންތިހާބަށް ވާދަކުރަން ފޯމް ހުށަޅަން އީސީން ދިން މުއްދަތު ކުރުވުމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފު ކުރުމާއި އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އެކަމަށް އެންމެ އެކަށީގެންވށ މުއްދަތެއް ނޫން ކަމަށް ބުނެފައި ވަނިކޮށެވެ.
އެ ޕާޓީން ބުނީ މިކަމުހެ ސަބަބުން އެތައް ބަޔަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން ވެސް އޮތް ކަމަށެވެ.
އިންތިހާބަށް ކުރިމަތިލާން ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވާނީ އަންނަ މަހުގެ 1 ގެ މެންދުރު ފަހު 3:30 އަށެވެ.
އީސީން މި ފަހަރު ނިންމާފައީ އީފާސް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށް ފޯމުތައް ހުށަހެޅުމަށެވެ. މިކަމާ ގުޅިގެން ވެސް އެމްޑީޕީގެ އިތުރުން ޕީއެންއެފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.