Last Updated: June 27, 17:39
Saturday, June 27, 2026
ވިޔަފާރި

އައްޑޫގެ ހުރިހާ އޭޓީއެމްތަކުން އާ ނޫޓު ލިބޭނެ ގޮތް ހަދައިފި

ރާއްޖޭގައި ބޭނުން ކުރާތާ 33 އަހަރުވެފައިވާ ފައިސާ ނޫޓްތަކުގެ ބަދަލުގައި ތައާރަފްކުރި "ރަންދިހަ ފަހެއް" ނޫޓްތައް ބޭންކް އޭޓިއެމްތަކުން ލިބޭނެ އިންތިޒާމް އިސްލާމިކް ބޭންކް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައްޑޫ ބްރާންޗް ތަކުން ހަމަޖައްސައިފިއެވެ.

ރައީސް ޔާމީން އިއްޔެ އިފްތިތާހް ކުރެއްވި ނޫޓްތައް އައްޑޫއަށް ތައާރްފްކޮށްދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.
timthumb

އެމްއެމްއޭއިން ވަނީ "ރަންދިހަ ފަހެއް" ނޫޓް ތައާރަފްކުރުމުގެ ކުރިން އައްޑޫގައި ހާއްސަ ރޯޑްޝޯވް ތަކެއް ބާއްވާފައެވެ.
IMG_3930

އިއްޔެ ނެރުނު އާނޫޓް އާއި އެކު ކުރިން ބޭނުން ކުރަމުން އައި ނޫޓްތައް މިއަހަރުގެ މޭއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މޭއި މަހުގެ ފަހުން ކުރިން ބޭނުން ކުަރަމުން އައި ފައިސާ ވިޔަފާރި މުއާމަލާތަކުގައި ބޭނުން ކުރުން ހުއްޓާލާނެއެވެ.