އަންނަ މަހުގެ ތެރޭގައި އިތުރު އަތޮޅުތަކެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) ގެ ފެރީގެ ހިދުމަތް ފަށަން ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭ 6 ޒޯނަކަށް ބަހާލައިގެންނެވެ ހިދުމަތް ދޭން ރާވާފައިވާ އިރު، މިހާތަނަށް ހިދުމަތް މިހާތަނަށް 4 ޒޯނެއްގައި ފަށާފައިވެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ހިދުމަތް އަދި ނުފެށި އޮތީ، ޒޯން 3 އާއި 4 ގަ އެވެ. ޒޯން 4 ގައި ހިމެނެނީ، މ، ފ، ދ އަދި ލ. އަތޮޅެވެ. ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅެވެ.
އެންމެ ފަހުން އާރްޓީއެލްގެ ފެރީގެ ހިދުމަޔް ފެށީ ތ. އަތޮޅުގައެވެ. އެއާ އެކު މިހާރު ޖުމުލަ 12 އަތޮޅެއްގައި އެ ހިދުމަތް އަންނަނީ ދެމުންނެވެ.
މިނިސްޓްރީން ބުނީ އަންނަ މަހުގެ ތެރޭގައި އިތުރު އަތޮޅުތަކެއްގައި ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
އާރްޓީއެލްގެ ހިދުމަތް ފެށީ 2022 ގަ އެވެ. އެ ހިދުމަތް އެމްޓީސީސީ މެދުވެރިކޮށް ދެމުން އަންނަ އިރު، ފެރީގެ އިތުރުން އާބާދީ ބޮޑެތި ބައެއް ސަރަހައްދުކުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.