މީގެ ދެ މަސް ކުރިން ގެެއްލިގެން ހޯދަމުން އައި ފުވައްމުލަކު މީހާ ފެނިއްޖެ އެވެ.
ނޮވެމްބަރު މަހުން ފެށިގެން ގެއްލިގެން ހޯދަމުން އައީ ފުވައްމުލައް، ދޫޑިގަން، ދުންފުނިގެ، އަބްދުލްއަޒީޒު މުހައްމަދު، 64، އެވެ.
ފުލުހުން މިއަދު ބުނީ އަޒީޒް އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނަ ހުރީ ތިލަފުށީގައިކަމާއި ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ އަޒީޒަކީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ މީހެއް ކަމަށާއި އޭނަގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ 3 ގައި ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ބުނީއާއިލާގެ މީހަކަށް އަޒީޒު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށެވެ.