Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

ހުޅުދޫ ނަމާދު ވޯކްޝޮޕްގައި ބައިވެރިވާން ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ހުޅުދޫގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ ނަމާދު ވޯކްޝޮޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި ވޯކްޝޮޕަކީ ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުދޫ އަވަށު އޮފީހުން ދީނީ ކަންކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ "ދަންމަރު" ޕްރޮގްރާމްގެ ދަށުން ބާއްވާ ވޯކްޝޮޕެކެވެ.

ނަމާދު ވޯކްޝޮޕްގެ މައިގަނޑު މަގުސަކީ ކުދިން ނަމާދަށް އަހުލުވެރިކޮށް، ނަމާދަށް ލޯބި ޖެއްސުމަށް ބާރުއެޅުމެވެ. އެގޮތުން ކުދިންނަށް މި ޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުމާއި، ނަމާދުގައި ކިޔާތަކެތި ދަސްކޮށް ދިނުމާއި، ޤުރުޢާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި، އަޤީދާއާ ގުޅޭ މަޢުލޫމާތު، އަދި ނަމާދުގެ ޙަރަކާތްތައް ދަސްވެގެން ދާނެ އެވެ.

ނަމާދު ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ އުމުރުން 7-16 އަހަރާ ދެމެދުގެ ދެ ޖިންސުގެ ކުދިންނަށެވެ.

ހުޅުދޫ އަވަށު އޮފީހުން ބުނީ މި ވޯކްޝޯޕްގައި ހުޅުދޫގެ އިތުރުން މީދޫގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެހެންވެ ނަން ނޯޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަން ނޯޓް ކުރާނީ އަވަށު އޮފީހުގެ ވައިބާ 7789046 ނަންބަރު މެދުވެރިކޮށެވެ.

ހުޅުދޫ އަވަށު އޮފީހުން ވަނީ ރޯދަ މަހު އުމުރުން 7-16 އަހަރާ ދެމެދުގެ ކުދިންނަށް ޤުރުއާން ހަތިމު ކުރުމުގެ ޕްރޮގްރާމަކަށް ވެސް ހުޅުވާލައިފަ އެވެ.