Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

އެންޖީއޯ ލީޑަރުން ތަމްރީނު ކުރަން ޕްރޮގްރާމެއް

ޖަމިޢިއްޔާ ޖަމާޢަތްތަކުގެ ހިންގުން ހަރުދަނާކޮށް، ލީޑޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ބާއްވާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މި ޕްރޮގްރާމު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 3 ގަ އެވެ. "ޔޫތު ހަބް" ގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް އޮންނާނީ އެ ދުވަހުގެ ރޭ 8:00 އިން 10:00 އަށެވެ.

މީގައި ބައިވެރިވުމަށް ޝައުގުވެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް ރަޖިސްޓްރީވުމުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 ގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހިންގުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައި ގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށް ދޭނެ ޕްރޮގްރާމެއް ކަމަށެވެ.
.