Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އާދީއްތާގައި ބޮޑުވާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގައުމީ ބޭންކުން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ބޭންކުގެ ކްރެޑިޓު ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ކުރަން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓް އަންނަ މަހުގެ 1 އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 3،000 ޑޮލަރަށް ބޮޑު ވާނެ އެވެ.

ކްރެޑިޓް ކާޑުގެ ލިމިޓް އާދިއްތަ ދުވަހުން ފެށިގެން ބޮޑު ކުރަން ނިންމި މިފަދަ ބަދަލެއް ގެންނަން ނިންމާފައިވާކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ގައި ރައީސް މުހައްމަދު މުއިއްޒު އިއުލާން ވެސް ކުރައްވާފައިވެ އެވެ.