Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

އޯ ލެވެލް އިމްތިހާނު ފަށައިފި

މި އަހަރުގެ އޯ ލެވެލް އިމްތިނާން މިއަދު ފަށައިފި އެވެ.

އޯ ލެވެލް އިމްތިހާނު ފެށި އިރު، މި އިމްތިހާނުގައި މުޅި ރާއްޖެ އިން މި އަހަރު 8،218 ދަރިވަރަކު ބައިވެރިވެ އެވެ.

އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން މާލޭގައި އިމްތިހާންތައް ކުރިއަށް ގެންދަނީ 21 ސެންޓަރެއްގަ އެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާން ކުރިއަށް ދާނެ އެވެ.

އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު އަންނަ މާޗު މަހުގެ 6 އާ ހަމައަށް ކުރިއަށް ދާނެ އެވެ.