Last Updated: June 5, 22:30
Saturday, June 6, 2026
ދުނިޔެ

ބޯޓް ވެއްޓި ޗީފް މިނިސްޓަރުގެ ނައިބު އަވަހާރަވެއްޖެ

ދަތުރު ކުރެއްވި މަތިންދާބޯޓް ވެއްޓި އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރް އަވަހާރަވެއްޖެ އެވެ

މީޑިއާތަކުން ބުނީ އޭނައާ އެކު މިއަދު ހެނދުނު ޕޫނޭ އަށް ވެއްޓުނު ބޯޓުން އިތުރު ފަސް މީހަކު ވެސް މަރުވެފައިވާ ކަމަށެވެ. އެ މީހުން މުމްބާއީން ޕޫނޭ އަށް ދަތުރުކުރި ބޯޓަކީ ލިއާޖެޓް 45 މަރުކާގެ ބޯޓެކެވެ. ޗާޓަރުކޮށްގެން ކުރި އެ ދަތުރުގައި ވެއްޓުނު ބޯޓަކީ ވީއެސްއާރް ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ ބޯޓެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޗީފް މިނިސްޓަރުގެ ނައިބު ދަތުރުކުރެއްވި ބޯޓް ވެއްޓުނީ ބަރަމާތީ އެއާޕޯޓަށް ލޭންޑް ކުރަން މަސައްކަތް ކުރަނިކޮށް ކޮންޓްރޯލް ގެއްލި ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިންޑިއާ ގަޑިން 8:30 އެހާކަށްހާ އިރު އެވެ.

މިއަދު އަވަހާރަވި ޗީފް މިނިސްޓަރު އަތިޖު، 66، އަކީ އިދިކޮޅު ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނަ ވަނީ އެކި ސަރުކާރުތަކުގެ ދައުރުގައި ހަ ފަހަރެއްގެ މަތިން މަހާރަޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އަޖިތު އެންމެ ފަހުން އެ މަގާމަށް ވަޑައިގަތީ 2024 ގަ އެވެ.

މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރަކީ ވެރިކަން ކުރާ ބީޖޭޕީ އަށް ނިސްބަތްވާ ދެވެންދުރަ ފަދްނާވިސް އެވެ.