އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ހަނގުރާމަ ފިލްމު 'ބޯޑާ 2 ގެ ތިން ވަނަ ބައެއް ވެސް ހަދާނެކަން ކަށަވަރުކޮށް ދީފި އެވެ.
އެ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި 1997 ގެ 'ބޯޑާ' ގެނެސްދިން ޑައިރެކްޓަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. އެގޮތުން ދެ ސްޓޫޑިއޯ ގުޅިގެން 'ބޯޑާ 3' ހަދާނެކަން ކަށަވަރުކޮށް ދިން ނަމަވެސް އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ޓީ ސީރީޒާއި ޖޭޕީ ފިލްމްސް އިން ވަނީ ކުރިއަށް އޮތް ތަނުގައި ގިނަ ޕްރޮޖެކްޓްތަކެއް ގެނެސްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި 'ބޯޑާ 3' ގެ ޑައިރެކްޓަރު އަނޫރާގް ސިންގްއާ އެކު ވެސް ޓީ ސީރީޒުން ބޮޑު އެއްބަސްވުމެއް ހަދާފައިވެ އެވެ.
މި މަހުގެ 23 ގައު ރިލީޒްކުރި 'ބޯޑާ 3' ގެ ތަރިންނަކީ ސަނީ ޑިއޯލް އާއި ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖަނާއި އަހާން ޝެޓީ އާއި ސޯނަމް ބަޖްވާ އާއި މޯނާ ސިންގް އާއި އަނިއާ ސިންގްގެ އިތުރުން މޭދާ ރާނާ އެވެ.
މި ފިލްމަށް މިހާތަނަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ވަނީ 288.95 ކްރޯޑް ރުޕީސް (31.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފަ އެވެ. 'ބޯޑާ 3' ހަދާފައި ވަނީ 275 ކްރޯޑް ރުޕީސް (30 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.