Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބާރަށާއި ފުނަދޫގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފި އެވެ.

މި ދެ ރަށުގައި ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ދަށުން ކޮންމެ ރަށެއްގައި މަދުވެގެން 50 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރަން ޖެހެ އެވެ.

ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 71,832 އަކަމީޓަރުގެ ބިމެކެވެ. މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ބާރަށު މަޝްރޫޢުގެ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22 ފެބުރުވަރީ 2025 ގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއަށް ހާޒިރުވެގެންނެވެ.

ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ކަނޑައަޅާފައިވާ ތިން ހެކްޓަރުގެ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެ އެވެ.

ފުނަދޫ މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.