Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވަގަށް ނެގި އަލަ ގޯންޏެއްގެ ވެރިފަރާތް ހޯދަނީ

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަލަ ގޯންޏެއްގެ ވެރިފަރާތް ހޯދަން އައްޑޫ ސިޓީ ޕޮލިހުން އިއުލާންކޮށްފި އެވެ.

އައްޑޫ ޕޮލިހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 27 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަލަ ގޯންޏެއް ހިފައިގެން އުޅޭ މީހަކު ފޭދޫއިން ފެނިގެން، އެ މީހާ ހިފަހައްޓައި، އަލަ ގޯނި ގަން ޕޮލިސްއަށް ގެނެވިފައިވާ ކަމަށެވެ.

މި އަލަ ގޯނީގެ ވެރިފަރާތެއް ވާނަމަ ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅައި، މި ތަކެތި ގެންދިޔުމަށް ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ އެ ޕޯސްޓުގައި އަލަ ގޯނި ފެންނަ ފޮޓޯއެއް ވެސް ހިމަނާފަ އެވެ.