Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތިލަފުށިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވި ބަންގްލަދޭޝް މީހާ.

ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ އެ ރަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ގެއްލިގެން އިއްޔެ ހޯދަމުން ފެށި އެ މީހާ އަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނަ ހޯދުމުގެ މަސައްކަތް އިއްޔެ ދު ހަވީރުން ފެށިގެން ފުލުހުން ދިޔައީ ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެމީހާ ގެއްލުނީ ތިލަފުށީގެ ކުނިގޮނޑު ތެރެއަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެލެވޭ އޭނަ ގެއްލުނީ ކޮންނަބޯޓެއްގެ ދަތްގަނޑުން ބޮލުގައި ޖެހި ވެއްޓުނު ވަގުތު ގައި މައްޗަށް ކުނިތަކެއް އެޅިގެންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.