Last Updated: June 5, 22:30
Saturday, June 6, 2026
ދުނިޔެ

ކޮލަމްބިއާގައި ބޯޓެއް ވެއްޓި 15 މީހަކު މަރުވެއްޖެ

ފަނަރަ މީހުންނާ އެކު ދަތުރުކުރި ކޮލަމްބިއާގެ ކުޑަ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވެއްޓުނު ބޯޓަކީ ބީޗްކްރާފްޓް 1900 މަރުކާގެ ބޯޓެއް ކަމަށާއި އެ ބޯޓަކީ ސަރުކާރުގެ އެއާލައިނެއް ކަމަށްވާ ސަޓޭނާގެ ބޯޓެއް ކަމަށެވެ. ބޯޓް ވެއްޓުނީ ކޮލަމްބިއާގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ނޯޓެ ޑި ސަންޓަންޑާގެ ސަރަހައްދަކަށެވެ.

ސަޓޭނާ އިން ބުނީ ބޯޓް ވެއްޓުނުކަން އެނގުނީ އޮޝާނާ ސިޓީ އަށް ލޭންޑް ކުރަން ހަމަޖެހިފައި ވަނިކޮށް، އޭގެ 11 ވަރަކަށް މިނިޓް ކުރިން ބޯޓާ ގުޅުން ކެނޑިފައި ވަނިކޮށް ކަމަށެވެ.

ފަރުބަދަމަތީގެ ސަރައްހަދަކަށް ބޯޓް ވެއްޓި އޭގައި ތިބި 15 މީހުން މަރުވި އިރު، އޭގެ ތެރޭގައި ކޮލަމްބިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޑިއޮގެނެސް ކްއިންޓެރޯ ވެސް ހިމެނެ އެވެ.

މި ހާދިސާއާ ގުޅިގެން ކޮލަމްބިއާގެ ރައީސް ގަސްޓާވޯ ޕެޑްރޯ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުފަ އެވެ.

މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.