Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ބޮޑު ދެ އިންތިހާބު އެއްކޮށްލަން ޕާޓީތަކުގެ ހިޔާލު ހޯދަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެއިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރަން ގާނޫނުއަސާސީއަށް ހުށަހަޅައިފައިވާ އިސްލާހަށް ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބޮޑު އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ކުރު ބައްދަލުވުމެއްގައި ފާސްކުރީ ޕާޓީތަކުގެ އިތުރުން އިލެކްޝަން ކޮމިޝަން (އީސީ) އާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދުމަށެވެ.

އެގޮތުން ޕީއެންސީ ޕީޖީ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އެ ފަރާތްތަކާއެކު އަންނަ ހޯމަ ދުވަހު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށެވެ. އަދި އެގޮތަށް ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ބޮޑު ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ އިންތިހާބުތައް ބާއްވަން ކުރާ ހަރަދު ވަރަށް ބޮޑަށް ކުރެވޭނެ ކަމެކެވެ.