Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

އެމްއޭސީއެލުން ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ކޭމްޕް މި މަހުގެ 31 އަންނަ މަހުގެ މަހުގެ 1 ގައި ކުރިއަސް ގެންދަން ނިންމާފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެންނެވެ. ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނީ ވީއައިއޭގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރްސީ) ގަ އެވެ.

އެމްއޭސީއެލުން މީގެ ކުރިން ވެސް އެ ކޮންމެ އަހަރަކު މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންދެ ނަމަވެސް މި ފަހަރުގެ ޕްރޮގްރާމް ކުރިއަށް ވުރެ ފުޅާކޮށް، އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން، އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި، އެއާޕޯޓުގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ލޭ ހަދުޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މޫގައި ބައިވެރިވެވޭނެ އެވެ.

މި ފަހުން ލޭ ލިބުމުވެ ދަތިކަން ބޮޑުވެ، އެކަމުގެ ކަންބޮޑުވުން އެމްބީއެސް އިން ފާޅުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން މި ހަފުތާ ތެރޭގައި އެޗްޑީސީން ވެސް ވަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެމްބީއެސްއާ ގުޅިގެން ކުރިއަށް ގެންގޮސްފަ އެވެ.