Last Updated: June 5, 22:30
Saturday, June 6, 2026
މުނިފޫހިފިލުވުން

އިމްތިއާޒްގެ އާ ފިލްމު ޖޫން 12 ގައި

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު މި އަހަރުގެ ޖޫން 12 ގައި ގެނެސްދޭނެކަން މިއަދު އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ އޭނަގެ ވިންޑޯ ސީޓް ފިލްމްސް އާއި އެޕްލޯސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ލޯބީގެ ފިލްމެކެވެ. ނަން އަދިވެސް ހާމަނުކުރާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޒުވާން ތަރިން ކަމަށްވާ ވެދާންގް ރައިނާ އާއި ޝަރުވާރީ ވާގްގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.

އަދި މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ވެސް ފިލްމުން ފެންނާނެ އެވެ.

ދިލްޖީތަކީ އިމްތިއާޒް އެންމެ ފަހުން ގެނެސްދިން 2024 ގެ 'އަމަރު ސިންގް ޗަމްކީލާ' ގެ ވެސް ބަތަލެވެ. އެ ބައޮގްރަފިކަލް ޑްރާމާގެބަތަލާ އަކީ ޕަރިނީތީ ޗޯޕްޅާ އެވެ.

އިމްތިއާޒަކީ 'ޖަބް ވީ މެޓް' އާއި 'ލަވް އާޖް ކަލް' އަދި 'ރޮކްސްޓާ' ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އޭނަގެ އާ ފިލްމަށް މިއުޒިކް ހަދާފައި ވަނީ އޭއާރް ރަހުމާނެވެ.