Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޑިވެލޮޕްމެންޓް ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) އަށް ބޭންކިން ވިޔަފާރި ފެށުމުގެ ހުއްދަ ދީފި އެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެ ބޭންކަށް ވިޔަފާރި ފެށުމަށް ޓަކައި ބޭނުންވާ ހުއްދަ، އިއްޔެއިން ފެށިގެން ދޫކޮށްފައިވާ ކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ އޮތޯރިޓީއިން ޑީބީއެމްއަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގަ އެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.

އެމްއެމްއޭ އިން ބުނީ އެ ބޭންކުން ހިދުމަތް ފެށުމުން، ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.