އަންނަ އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ވަރުގަދަ ފިލްމަށް ވާނެ ކަމަށް ބެލެވޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު 'ވަރަނަސީ' ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
މި ފަހުން 'ބާހްބަލީ' އާއި 'އާރްއާރްއާރް' ގެނެސްދީގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ޑައިރެކްޓަރު އެކްޝަން އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދޭމް ހަމަޖެހިފައިވާ 'ވަރަނަސީ' ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ އަންނަ އަހަރުގެ އެޕްރީލް 7 ގަ އެވެ،
މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ. އަދި 'ވަރަނަސީ' ގެ ވަރުގަދަ ރޯލަކުން އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ފެންނާނެ އެވެ. މި ތަރިންތައް ފިލްމުން ފެންނާނެ ގޮތުގެ ފަސްޓްލުކާއި ޓީޒާއަކާ އެކު، ފިލްމުގެ ނަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ.
ގާތްގަނޑަކަށް 1،300 ކްރޯޑް ރުޕީސް (141.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ 'ވަރަނާސީ' އަކީ އާދައިގެ މަތިން ރާޖަމޯލީ އާއި އޭނަގެ ބައްޕަ ވިޖަޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ ޑައިރެކްޓަރު ކަމަށް ގިނަ ބަޔަކު ދެކޭ ރާޖަމޯލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި ރިލީޒްކުރި 'އާރްއާރްއާރް' އެވެ.