Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްއެމްއޭ އިން ސާޖިދު ވަކިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މިދިޔަ އަހަރު އައްޔަންކުރި އިސްމާއީލް ސާޖިދު ސަންޕެންޑް ކުރުމަށް ފަހު، މަގާމުން އެންމެ ވަކިކޮށްފި އެވެ.

އޭނަ މަގާމުންނ ވަކިކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެބި އެ މައްސަލައި ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެންނެވެ.
ސާޖިދުގެ މައްޗަށް ކުރެވުނު ފުރައްސާރައިގެ ތުހުމަތުތައް ތަހުގީގުކޮށްފަ އިވަނީ އެމްއެމްއޭގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ ކޮމިޓީންނެވެ.

އެ ކޮމިޓީން މައްސަލަ ބެލުމަށް ފަހު، އޭނާގެ މައްޗަށް އެކަން ސާބިތުވާ ކަމަށް ނިންމައި، ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވެ އެވެ.

އެހެންވެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ސާޖިދު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމަށް ސާޖިދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނަގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުގެ 30 އިން ފެށިގެން ހުންނެވީ ސަސްޕެންޝަންގަ އެވެ.

ސާޖިދަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.