Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އުރީދޫ ނޭޝަން އިން 2 މުބާރާތަކަށް ހުޅުވާލައިފި

އުރީދޫ ނޭޝަން ގެ މި އަހަރުގެ ކިކްއޯފް ޓޯނަމަންޓް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އެތަނުގެ މި އަހަރުގެ ފުރަތަމަ އީ-ސްޕޯޓްސް މުބާރާތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އޯޕަން ސީރީޒް ސީޒަން 1 އާއެކު އެވެ. އަދި މިހާރު މިވަނީ އޯޕަން ސީރީޒް ސީޒަން 1ގެ ކްލޭޝް ރޯޔާލް އަދި އީއޭއެފްސީ އަލްޓިމޭޓް ޓިމް ގައި ބައިވެރިވުމަށް ވަނީ ހުޅުވާލައިފަ އެވެ.

މި މުބާރާތްތަކަކީ ގޭމް ކުޅޭ ދިވެހިންނަށް ވަރަށް ވެސް ވަރަށް ފޯރިގަދަ ފެށުމަކަށް ވާނެ ކަމަށް އުރީދޫ ނޭޝަން އިން ބުންޏެވެ.

* ކްލޭޝް ރޯޔަލް: އޯޕަން ސީރީޒް ސީޒަން 1

– އިނާމު ޕޫލް: 5،000ރ.
– ފޯމެޓް: އޮންލައިން
– ރަޖިސްޓްރޭޝަންގެ ސުންގަޑި: 3 ފެބްރުއަރީ 2026 11:59
– މުބާރާތް ފަށާ ތާރީޚް: 6 ފެބްރުއަރީ 2026
– ރަޖިސްޓްރޭޝަން ފީ: 50ރ.

* އީއޭއެފްސީ އަލްޓިމޭޓް ޓީމް: އޯޕަން ސީރީޒް ސީޒަން 1

– އިނާމު ޕޫލް: 5،000ރ.
– ފޯމެޓް: އޮންލައިން
– ރަޖިސްޓްރޭޝަންގެ ސުންގަޑި: 12 ފެބްރުއަރީ 2026 11:59
– މުބާރާތް ފަށާ ތާރީޚް: 16 ފެބްރުއަރީ 2026
– ރަޖިސްޓްރޭޝަން ފީ: 50ރ.

އޯޕަން ސީރީޒް މުބާރާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމް ކުޅޭ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލުމާއި، ގޭމިން ކޮމިއުނިޓީއާ ގުޅުވައި، ވާދަވެރި ޕްލެޓްފޯމްތައް ފަހިކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އުރީދޫ ނޭޝަންގެ މި މުބާރާތްތައް އޮންލައިންކޮށް ބޭއްވުމުގެ މަގުޞަދަކީ ހުރިހާ އަތޮޅެއްގެ ކުޅުންތެރިންނަށް ހަމަހަމަ އުސޫލުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދނުމެވެ.

އުރީދޫ ނޭޝަންގެ މި އަހަރުގެ އީ-ސްޕޯޓްސް މޫވްމަންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް ވެސް އުރީދޫން ދައުވަތު އަރުވަ އެވެ.