ބ. އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އެ ރަށު، ސީސަންގޭ އަބޫބަކުރު އަބްދުﷲ، 83، އެވެ. އޭނަ ނިޔާވީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އަބޫބަކުރު ހިނގާފައި ދަނިކޮށް ދުއްވާފައި ދިޔަ ޕިކަޕެއް އޭނާގެ ގައިގައި ޖެހިގެން މިމަ ހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ޕިކަޕް ދުއްވި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.