Last Updated: June 5, 22:30
Saturday, June 6, 2026
ދުނިޔެ

ބުރްކިނަ ފާސޯގައި ސިޔާސީ ޕާޓީތައް އުވާލައިފި

ގައުމުގެ ހިންގުން ހަރުދަނާ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ބުރްކިނަ ފާސޯގެ ސިޔާސީ ޕާޓީތައް އުވާލައިފި އެވެ.

ޕާޓީތައް އުވައިލަން ނިންމިކަން އިއްޔެ ރަސްމީކޮށް އަސްކަރީ ސަރުކާރުން ނެރުނު ގަރާރަކުން އިއުލާންކޮށްފައިވާ އިރު، އެ ގައުމަށް މީގެ ހަތަރު އަހަރު ކުރިން ގެނައި ބަޤާވަތާ އެކު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އޮތީ ހުއްޓުވައިފަ އެވެ.

ސިޔާސީ ޕާޓީތައް އުވައިލަން ނިންމައި ކައުންސިލް އޮފް މިނިސްޓާސް އިން ނެރުނު ގަރާރާ ގުޅޭ ގޮތުން ބުރްކިނަ ފާސޯގެ އިންޓީރިއާ މިނިސްޓަރު އެމިލް ޒާބޯ ވިދާޅުވީ ދެން އޮތީ ފުޅާ ދާއިރާއެއްގައި ގައުމު ބިނާކޮށް އާރާސްކުރުމުގެ މަސައްކަތް ކަމަށެވެ.

ދެހާސް ބާވީހުން ފެށިން އެ ގައުމުގައި އަސްކަރީ ސަރުކާރެއް ހިންގަމުންދާ އިރު، އެ ސަރުކާރުގެ އިސްވެރިއަކަށް ހުންނެވީ އިބްރާހީމް ތުރާއޯ އެވެ. ބަގާވާތަކުން އޭނަ ވެރިކަމަށް ވަޑައިގަތީ 2022 ގެ ސެޕްޓެމްބަރުގަ އެވެ. އެއީ އޭގެ ކުރިން ބަގާވަކުން ގެނައި ވެރިކަމަށް އަށް މަސް ދުވަސް ފަހުންނެވެ.