Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް ޑްރަގް އެތެރެކުރަން އުޅެފި

ވައިގެމަގުން ކުޑަހުވަދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ، އަތަމާގޭ، ޙުސައިން އަފީފް، 55، އެވެ.

މީނާ ހައްޔަރުކޮށްފައި ވަނީ ވައިގެމަގުން ކުޑަހުވަދު އަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދ. އެއާޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގިގުކުރަމުންނެވެ.