Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހަކީ މާދަމާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު މާދަމާ ހަމަވާނެކަން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ދެ ތިން އިންތިހާބަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ. އިންތިޚާބުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ފޯމު ހުށަހަޅަން ދިން ވަގުތު މިދިޔަ ހަފުތާގައި އީސީން ވަނީ އިތުރު ވެސް ކޮށްފަ އެވެ. އެގޮތުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ރޭ 8:00 އެވެ.

މި ފަހަރު އިންތިހާބަށް ފޯމު ބަލައި ގަންނަނީ އީފާސް މެދުވެރިކޮށް އީސީގެ ޕޯޓަލުންނެވެ.

ކައުންސިލް އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 އެވެ.