Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ރޯވި ހިޔާ ޓަވަރު 5 ގެ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުލުމާލޭގެ ފޭސް ދޭއްގެ ހިޔާ ޓަވަރު 5 ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވުނެފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ އެ ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ހާދިސާއާގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އިމެޖެންސީ ހޮޓްލައިން 115 އަށް ގުޅަން އެދިފައި އެވެ.