Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެމްއޭސީއެލްގެ ލޭ ހަދިޔާކުރާ ކޭމްޕް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ލޭ ހަދިޔާ ކުރުމު ކޭމްޕް މިއަދު ފަށައިފި އެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކެމްޕޭނަކީ އެ ކުންފުނިން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެންން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ވީއައިއޭގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރްސީ) ގަ އެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން، އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި، އެއާޕޯޓުގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ލޭ ހަދުޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މީގައި ބައިވެރިވެވޭނެ އެވެ.

މި ފަހުން ލޭ ލިބުމުގެ ދަތިކަން ބޮޑުވެ، އެކަމުގެ ކަންބޮޑުވުން އެމްބީއެސް އިން ފާޅުކޮށްފައިވެ އެވެ. މިކަމާ ގުޅިގެން މިދިޔަ ހަފުތާ ތެރޭގައި އެޗްޑީސީން ވެސް ވަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެމްބީއެސްއާ ގުޅިގެން ކުރިއަށް ގެންގޮސްފަ އެވެ.