Last Updated: June 5, 10:30
Friday, June 5, 2026
ޚަބަރު

އައްޑޫ އައިނު ފިހާރަ އަންނަ ހަފުތާގައި ހުޅުވަނީ

އައްޑޫގައި ހުޅުވަން ނިންމާފައިވާ ސަރުކާރުގެ އައިނު ފިހާރަ އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ބުނެފި އެވެ.

އެތަނުން ބުނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އައިނު ފިހާރަ ހުޅުވާ ތަން ތައްޔާރުކޮށް އެކަމާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫގައި ހުޅުވާ އައިނު ފިހާރަ ވަނީ ސަރުކާރުން ހުޅުވާ ތިން ވަނަ އައިނު ފިހާރައަށެވެ. އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވާ ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އެވެ.

ސަރުކާރުގެ އައިނު އެންމެ ފުރަތަމަ އައިޖީއެމްއެޗްގައި ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ގަ އެވެ. އަދި ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވީ އޮގަސްޓް މަހުގެ 27 ގަ އެވެ. ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން އޮތީ ނިންމައިފަ އެވެ.