Last Updated: June 8, 20:18
Monday, June 8, 2026
ޚަބަރު

ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައި

ރައީސް ނަޝީދު. ފޮޓޯ: އަދަދު

ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް "ބަނދެވިފައިވާ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ނަގައިގެން ދައްކަނީ ކުރީގެ ދަރަނި ކަމަށެވެ.

"ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން. އެއީ މިހާރު ގައުމީ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓްގައި ދަރަނި ނަގާ، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވީމަ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް "ބަނދެވިފައިވާކަން" ސާފު ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ކުރިއަށް އޮތް އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން ޖެހެ އެވެ. ސަރުކާރުން ވަނީ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.